ސްރީލަންކާގައި ހައްޔަރު ކުރި ދެ ދިވެހިން މިއަދު ދޫކޮށްލައިފިއެވެ.
މި ދެ މީހުންނަކީ ލަންކާ އަށް ބޭސްކުރަން ގޮސް ތިބި ފުނަމާ އާދަމް މަނިކު އަދި ބައިކެނޑި ހަސަން މަނިކު އެވެ. މި މީހުން ލަންކާ ފުލުހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ފަހުކޮޅުއެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ އެމީހުން ދިރިއުޅެމުން ދިޔަ ގެއިން އައިއެސް އާ ގުޅުން ހުރި ފޮތެއް ފެނުމުންނެވެ.
ސްރީލަންކާގެ ބައެއް ފައްޅިތަކާއި ހޮޓާތަކަށް މިދިޔަ މަހު ދިން ބޮމުގެ ހަމަލާތަކަށްފަހު ފުލުހުން ހިންގި ހާއްސަ އޮޕްރޭޝަނުގެ ތެރެއިން، މި ދެ މީހުންގެ އިތުރުން އިތުރު ދިވެހިން ވެސް ވަނީ ހައްޔަރުކޮށްފައެވެ. މި އޮޕްރޭޝަނުގެ ދަށުން ލަންކާ ފުލުހުން ވަނީ ގާތްގަނޑަކަށް 20 ދިވެހިން ހައްޔަރުކޮށް، އޭގެ ތެރެއިން ބައެއް މީހުން ދޫކޮށްލާފައެވެ. އޭގެތެރެއިން ބައެއް މީހުން ވަނީ އަނެއްކާވެސް ހައްޔަރުކޮށްފައެވެ.
މިއަދު ދޫކޮށްލި ދެމީހުން ލަންކާ ކޯޓުން ދޫކޮށްލާފައި ވަނީ އެއްވެސް ޝަރުތަކާ ނުލައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް