އައިޖީއެމްއެޗް އަށް ރެޖިސްޓަރޑް ނަރުހުން ހޯދަން އިއުލާންކޮއްފިއެވެ.
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުން ކޮއްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ރެޖިސްޓަރޑް ނަރުހުން ހޯދުމަށް ބޭނުންވާ ކަމަށާއި، މި މަގާމަށް ބޭނުންވަނީ މަސައްކަތައް ޝައުގުވެރިކަން ހުރި ގާބިލު މީހުން ކަމަށެވެ.
މި މަގާމަށް 37 ނަރުހުން ހޯދަން އިއުލާން ކޮއްފައިވާއިރު، ވަޒީފާ އަދާކުރަން ޖެހޭނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ނަރސިންގ ޑިޕާޓްމަންޓްގައި ކަމަށް ބުނެފައިވެއެވެ.
މަގާމަށް އެދި ހުށަހަޅަން ޖެހޭތަކެތި ހުށަހަޅާނީ 30 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން މި ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަދި ފެކްސް ނަންބަރަކީ 3316640 އެވެ.
މީގެއިތުރުން އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިތުރު މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓުގައިވާ އިއުލާނުގައި ބަޔާންކޮއްފައިވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް