ތުއްތު ކުއްޖާ މަރުވުމުގައި ހޮސްޕިޓަލުގެ އިހުމާލެއް ވޭތޯ ބަލަނީ

އައިޖީއެމްއެޗްގައި ފަރުވާދެނިކޮށް މަރުވި ތުއްތު ކުއްޖާގެ މައްސަލަ ހެލްތް މިނިސްޓްރީއިން ބަލަން ފަށައިފިއެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްއިން ފަރުވާދެވެން ނެތުމުން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދ...

21 May 2019 | 07:39

އައިޖީއެމްއެޗްގައި ފަރުވާދެނިކޮށް މަރުވި ތުއްތު ކުއްޖާގެ މައްސަލަ ހެލްތް މިނިސްޓްރީއިން ބަލަން ފަށައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްއިން ފަރުވާދެވެން ނެތުމުން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވި ތުއްތު ކުއްޖާގެ މައްސަލަ ހެލްތް މިނިސްޓްރީއިން ބަލަމުން އަންނަނީ އެއްވެސް ފަރާތަކުން ހުށަހަޅައުގެން ނޫން ކަމަށް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.

އަދި އެ ތުއްތު ކުއްޖާ މަރުވުމުގައި ހޮސްޕިޓަލްގެ އެއްވެސް އިހުމާލެއްވޭތޯ ބަލަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މާލެ ގެނެސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން އެއްދުވަސްވެފައިވާ މަރަދޫ ފޭދޫއަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ.

ސޯޝަލް މީޑިއާގައި މި ކަމާބެހޭ ގޮތުން ދެކެވިފައިވާ ވާހަކަތަކުގައި ބުނެފައިވަނީ މި ކުއްޖާ މަރުވެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އިންކިއުބޭޓަރެއް ނެތުމުން އިތުރު ފަރުވާއަށް މާލެ ފޮނުވާލި މަގުމަތީގައި ފްލައިޓުގައި ކަމަށެވެ. ނަމަވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ އެ ކުއްޖާ މަރުވީ އިތުރު ފަރުވާ ހޯދުމަށް އައިޖީއެމްއެޗްއަށް ބަދަލުކޮށް އެންއައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް