ރަމަޝާން މަސް އިހްޔާ ކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން ބާއްވާ ޖަލްސާ މިރޭ ނޯންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެން އިހްޔާ ޖަލްސާއެއް އޮންނާނީ މިމަހުގެ 28 ވާ އަންގާރަ ދުވަހުގެ ރޭ ކަމަށެވެ. ނަމަވެސް ރައީސް މައުމޫނުގެ ޓްވީޓުގައި ޖަލްސާ ނޯންނާނެ ކަމަށް ނިންމީ ކީއްވެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
https://twitter.com/maumoonagayoom/status/1130725132232617985
މި އަހަރު ރައީސް މައުމޫނުގެ ފުރަތަމަ އިހްޔާ ޖަލްސާ ބޭއްވެވީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެއީ ވޭތުވެދިޔަ ފަސް އަހަރު ފަހުން ރައީސް މައުމޫނު ދެއްވި ފުރަތަމަ ތަޤްރީރެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން، ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޖަލްސާތައް މި އަހަރުވެސް އޮންނަނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ރޭގައެވެ.
ރައީސް މައުމޫނު އެ ޕްރޮގްރާމް ފެއްޓެވީ 1980 ވަނަ އަހަރުގެ ރޯދަ މަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް