ހއ. ހޯރަފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮއްފި

ހއ. ހޯރަފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮއްފިއެވެ. ފުލުހުންގެ އިންޓެލިޖެންސްއާއި ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަންއިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރު ކޮއްފައިވަނީ 35 އަހަރުގ...

21 May 2019 | 05:34

ހއ. ހޯރަފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮއްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސްއާއި ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަންއިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރު ކޮއްފައިވަނީ 35 އަހަރުގެ މީހެކެވެ.

ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން މެއި 19 ވަނަ ދުވަހުގެ ރޭ 19:56 ހާއިރު އެރަށު މަގުމަތިން އެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ލައިގެން ހުރި ޖީންސްގެ ޖީބުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ހަ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

އަދި އޭނާ ދިރިއުޅޭގެ ބަލާފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލވޭ އެއްޗެއް އަޅާފައިހުރި ރަބަރު ޕެކެޓްތަކެއް ފެނިފައިވެއެވެ.

މި މައްސަލައާއި ގުޅިގެން މީނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހއ.އުތީމު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުކޮއްފައިވެއެވެ.

ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ މިހާރު ހޯރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް