މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ ހަ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިއަދު ހެނދުނު 10:30 އާއި ހަވީރު 4:00 އާއި ދެމެދުގެ ވަގުތުތަކުގައި ތ އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ.
މިއަދުގެ މޫސުމަށް ބަލާލާއިރު ދެކުނުގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި މެދުތެރެއާއި އުތުރުގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމުގައި މެޓް އޮފީހުން ބުނެފައިވެއެވެ.
އެ އޮފީހުން ބުނެފައިވަނީ މިއަދު އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ބުނެފައިވެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް