ގިރިއަކަށްއެރި ދޯންޏެއް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފުން ކޮއްދީފި

ގިރިއަކަށް އެރި ދޯންޏެއް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު ފުންކޮށްދީފިއެވެ. މި މައުލޫމާތު ލިބިފައިވަނީ އެމްއެންޑީއެފް ކޯސްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރޭ 23:50 ހ...

21 May 2019 | 05:16

ގިރިއަކަށް އެރި ދޯންޏެއް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު ފުންކޮށްދީފިއެވެ.

މި މައުލޫމާތު ލިބިފައިވަނީ އެމްއެންޑީއެފް ކޯސްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރޭ 23:50 ހާއިރުއެވެ. މި މައުލޫމާތު ލިބުމާއެކު ސެންޓްރަލް އޭރިއާގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮއްދީފައިވަނީ މަސްވެރިކަމަށްފަހު ދ. ކުޑަހުވަދޫއަށް ދަތުރުކުރަމުންދިޔަ "ޖިހާދު" ނަމަކަށް ކިޔާ 65 ފޫޓުގެ ދޯންޏަކަށެވެ. މި ދޯނި އަރާފައިވަނީ މ.އަތޮޅުގައި އޮންނަ ޗާޔާ ލެގޫން ހަކުރާ ހުރާ ކައިރީ އޮތް ގިރިއަކަށެވެ.

ފަރަށްއެރި ދޯނި ފުންވެފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންނާއި ދޯނީގެ ކުރޫއިން ކުރި މަސައްކަތުން ރޭ 00:50 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށްވެސް އަދި ދޯންޏަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް