ދުވަހުގެ ރެސެޕީ: ސުޕެގެޓީ ވިތް ޒުކިނި

ބޭނުންވާތަކެތި 2/1 1 ޖޯޑު ބެސިލް ފަތް ( ގަނދަކޯޅިފަތް) 2/1 ޖޯޑު މިންޓް ފަތް ( ކުދީނާފަތް) 4/1 ޕިސްތާޗިއޯ ނަޓް ރޯސްޓްކޮށްލާފަ 2 ސައިސަމުސާ ލެމޮން ގެ ތޮށި ގާނާފަ 1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް 4/1 ޖޯޑު ޕާ...

21 May 2019 | 05:11

ބޭނުންވާތަކެތި

2/1 1 ޖޯޑު ބެސިލް ފަތް ( ގަނދަކޯޅިފަތް)

2/1 ޖޯޑު މިންޓް ފަތް ( ކުދީނާފަތް)

4/1 ޕިސްތާޗިއޯ ނަޓް ރޯސްޓްކޮށްލާފަ

2 ސައިސަމުސާ ލެމޮން ގެ ތޮށި ގާނާފަ

1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

4/1 ޖޯޑު ޕާމެޒަން ޗީޒް

4/1 ޖޯޑު އޮލިވް އޮއިލް

1 ޒުކިނި ތުނިކޮށް ކޮށާލާފަ

1 ފެކެޓް ސުޕެގެޓީ

ހައްދަވާނެގޮތް

ސުޕެގެޓީ ޕެކެޓްގައިވާ އިރުޝާދާއި އެއްގޮތަށް ކައްކަވާލައްވާ. އަދި ސޯސް ހެއްދެވުމަށް ބެސިލް،ޕިސްތާޗިއޯ،ގާނާފަ ހުރި ލުނބޯ ތޮށި، ލުނބޯ ހުތް އަދި ޕާމެސަން ޗީޒް މިކްސަރުން ގިރާލައްވާ. މިކަސަރު ކުޑަ ކޮށް މަޑުކޮށް ލުމަށް ފަހު އޮލިވް އޮއިލް މަދު މަދުން އާޅުއްވަމުން ގިރާލައްވާ. ކުޑަ ތެޔޮފޮދެއްގައި ޒުކިނީކޮޅު މީރުކޮށްލައްވާ. އެއައްފަހު ކައްކަވާލައްވާފަހުރި ސުޕެގެޓީކޮޅު އަޅުއްވާ އެއްކޮށްލައްވާ. ލޮނު އަދި އަސޭމިރުސް އަޅުއްވައިގެން ރަހަ ހެޔޮވަރުކޮށްލުމަށްފަހު އުދުން ނިއްވަވާލައްވާ. ނިއްވަވާލުމަށް ފަހު މިކްސަރުގައި ގިރާލެއްވި ސޯސްކޮޅު އަޅުއްވާ އެއްކޮށްލައްވާ.

ބޭނުންފުޅުނަމަ ގާނިސްކޮށްލުމަށް އިތުރު ޕިސްތާޗިއޯ، ބެސިލް އަދި މިންޓް އަޅުއްވާ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް