ޕާކިސްތާނުގެ އެކްޓަރަކު މަންމައިންގެ ދުވަހު އޭނާގެ މަންމައަށް ދިން ހަދިޔާއަކީ އުމްރާ ދަތުރެއް

ޕާކިސްތާނުގެ އެކްޓަރެއް ކަމުގައިވާ މުނީބް ބަޓް، މަންމައިންގެ ދުވަހު އޭނާގެ މަންމައާއި ބައްޕައަށް އުމްރާ ދަތުރެއް ދީފިއެވެ. ޕާކިސްތާނު ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ހަދިޔާ އޭނާގެ މަންމައާއި ...

21 May 2019 | 01:32

ޕާކިސްތާނުގެ އެކްޓަރެއް ކަމުގައިވާ މުނީބް ބަޓް، މަންމައިންގެ ދުވަހު އޭނާގެ މަންމައާއި ބައްޕައަށް އުމްރާ ދަތުރެއް ދީފިއެވެ.

ޕާކިސްތާނު ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ހަދިޔާ އޭނާގެ މަންމައާއި ބައްޕައަށް ދިނީ ސަޕްރައިޒެއްގެ ގޮތުގައެވެ.

މުނީބް ބަޓް ބުނެފައިވާގޮތުގައި އޭނާ އާއި އޭނާގެ އަންހެނުން އައިމަން މިދިޔަ މަހުގެ ފަހުކޮޅު އުމްރާއަށް ދާން އުޅުމުން އޭނާގެ މަންމަ އެކަމަށް ވަރަށް ބޮޑަށް ތައުރީފު ކުރިއެވެ. އަދި ދުއާއާއި ލޯތްބާއެކު އުމްރާއަށް ފޮނުވަމުން، މަންމައަށްވެސް މި ރަމަޟާން މަހު އުމްރާއަށް ދެވޭނެ ނަމައޭ ބުނިކަމަށް މުނީބް ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ އުމްރާއަށް ދިއުމަށްފަހު އޭނާގެ ކޮއްކޮއަކަށް ގުޅައިގެން މަންމައާއި ބައްޕަ އުމްރާއަށް ފޮނުވުމުގެ ހުރިހާކަމެއް މަންމައާއި ބައްޕައަށް ސިއްރުން ކުރި ކަމަށާއި އަދި މި މަހުގެ 12 (ބައިނަލްއަގްވާމީ މަންމައިންގެ ދުވަސް) އުމްރާއިން އައިސް ސަޕްރައިޒެއްގެ ގޮތުގައި އޭނާގެ މަންމައާއި ބައްޕައަށް އުމްރާ ދަތުރެއް ދިނީ ކަމަށެވެ.

މުނީބް ބުނެފައިވާގޮތުގައި އޭނާގެ މަންމައާއި ބައްޕަ ތިބީ އެކަމާ ވަރަށް އުފަލުންނެވެ. އަދި މިހާރު އޭނާގެ މަންމައާއި ބައްޕަ މިހާރު އަންނަނީ އުމްރާގެ އަޅުކަން ފުރިހަމަ ކުރަމުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މުނީބް އޭނާގެ މަންމައާއި ބައްޕައަށް ދިން މި ސަޕްރައިޒަށް އޭނާގެ ފޭނުން އަންނަނީ މަރުހަބާ ކިޔާ ތައުރީފް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް