އައްޑޫ ސިޓީ ހިތަދޫގައި މިއަދު ރުކަކުން ވެއްޓުނު ޒުވާނާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
ސ ހިތަދޫ ފަލާހް، އުމުރުން 31 އަހަރުގެ ހާތިމް ފައުޒީ ނިޔާވެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ރުކަށް އަރައިގެން އުޅެނިކޮށް އޭނާ ވެއްޓިފައިވަނީ ރުކުގެ ދަށުގައި ހުރި ގާ ފުންޏެއްގެ މައްޗަށެވެ. އޭނާ އެ ގާފުނީގެ މައްޗަށް ވެއްޓި އަތާއި ފައި ބިންދައިގެން ދިޔަ ކަމަށް މައުލޫމާތު ލިބިފައި ވެ އެވެ.
މީގެ އިތުރުން އޭނާގެ ބޯ ފެޅި ސިކުނޑިއަށް ލޭ އެޅިފައިވާކަމުގެ މައުލޫމާތުވެސް ލިބިފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް