އައްޑޫ ޒުވާނަކު ރުކަކުން ވެއްޓި ހާލު ސީރިއަސް ވެއްޖެ

އައްޑޫ ސިޓީގައި ޒުވާނަކު ރުކަކުން ވެއްޓި ހާލު ސީރިއަސް ކަމުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ. އެ ހޮސްޕިޓަލާއި ހަވާލާދީ އައްޑޫލައިވްގައި ރިޕޯޓް ކޮށްފައިވާގޮތުގައި އެ ޒުވާނާއަށް އައިސީޔޫގައި...

21 May 2018 | 12:09

އައްޑޫ ސިޓީގައި ޒުވާނަކު ރުކަކުން ވެއްޓި ހާލު ސީރިއަސް ކަމުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލާއި ހަވާލާދީ އައްޑޫލައިވްގައި ރިޕޯޓް ކޮށްފައިވާގޮތުގައި އެ ޒުވާނާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު އެ ޒުވާނާ ވެއްޓިފައިވަނީ ރުކަކުން، ތިރީގައި ހުރި ގާފުންޏެއްގެ މައްޗަށް ކަމުގައި ރިޕޯޓް ކޮށްފައި ވެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ރުކަކުން ވެއްޓިފައިވަނީ ސ ހިތަދޫ ފަލާހް ހާތިމް ފައުޒީ، 31 އެވެ. އޭނާގެ ފަޔާއި އަތަށް އަނިޔާވެފައިވާއިރު ބޯފެޅި ސިކުނޑިއަށް ލޭ ގޮސްފައިވާކަމަށްވެސް މައުލޫމާތު ލިބެ އެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް