ޓެބްލެޓް ބަހަން ފަށައިފި، ފުރަތަމަ އިސްކަންދަރު ޓީޗަރުންނަށް!

ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށް ބޭނުންވާ ޓެބްލެޓް ޓީޗަރުންނާއި ހަވާލު ކުރަން ފަށައިފި އެވެ. ރަސްމީކޮށް މިކަން ފެށުމުގެ ގޮތު...

21 May 2018 | 11:04

ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށް ބޭނުންވާ ޓެބްލެޓް ޓީޗަރުންނާއި ހަވާލު ކުރަން ފަށައިފި އެވެ.

ރަސްމީކޮށް މިކަން ފެށުމުގެ ގޮތުން ޓެބްލެޓް ބަހާފައިވަނީ އިސްކަންދަރު ސްކޫލްގެ ޓީޗަރުންނަށްނަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ހަފްތާ ނިމެންވާއިރަށް މާލޭގެ ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް ޓެބްލެޓު ދީ ނިމޭނެ ކަމަށެވެ.

އަންނަ ހަފްތާގައި އަތޮޅު ތެރޭގެ ސްކޫލްތަކުގެ ޓީޗަރުންނަށް ޓެބްލެޓު ބަހަން ފަށާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި އެ ހަފްތާ ނިމުމުގެ ކުރިން ގްރޭޑް އެކަކުން 12 އަށް ކިޔަވައިދޭ ހުރިހާ ޓީޗަރުންނަށް ޓެބްލެޓު ބަހާ ނިމޭނެ ކަމަށެވެ. ދަރިވަރުންނަށް ޓެބްލެޓް ބަހަން ފެށުމަށް ނިންމާފައިވަނީ ދެވަނަ ޓާމު ފެށުމުންނެވެ.

ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭން ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓެވެ. އެ މަޝްރޫއުގެ ދަށުން މިހާރު ވަނީ 70،000 އަށްވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނެސްފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައި ކޮށް ވަނީ ނިމިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތަށް ޑިޖިޓަލް ކުރުމުގެ ޕްރޮގްރާމްގެ ދަށުން ޓެބްލެޓްތައް ބޭނުންކުރުމުގެ ކުރިން ޓީޗަރުން ކުރު މުއްދަތުގެ ކޯހެއް ފުރިހަމަކޮށް އެ ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދީފައިވާ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ މިއަހަރުގެ ދެވަނަ ޓާމުގައި ޓެބްލެޓު ބޭނުންކޮށްގެން ކިޔަވައިދޭން ފަށާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް