ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު މި ގެނެސްދެނީ އާޓިފިޝިއަލް ބީޗް ސަރަހައްދުގައި ހުންނަ ބްލޫ ބޭ ގެ ރޯދަވީއްލުމުގެ މެނޫ އެވެ.
ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގެ ގައިޑްލައިނާއި އެއްގޮތަށް މި ޕޯސްޓް ފޭސްބުކްގައި ޝެއަރ ކުރައްވައިގެން ދެ ބޭފުޅަކަށް ބްލޫ ބޭ އިން ރޯދަ ވީއްލުން ލިބުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
ބްލޫ ބޭ ގެ ރޯދަ މެނޫއަށް ބަލާލާއިރު ސްޓާޓާގެ ގޮތުގައި ކަދުރާއި މިނީ ޕިއްޒާ، ޕާން ބޯކިބަލާއި ސޮސެޖު ރޯލްސް އަދި މިކްސްޑް އޮމްލެޓް ހިމަނާފައި ވެ އެވެ.
މެއިން ޑިޝްގެ ގޮތުގައި ފަރާޓާ ނުވަތަ ރޮށި، ބަޓަރ ޗިކަން އާއި ޗިކަން ބިރިޔާނީ، ގްރިލްޑް ފިޝް ވިތު މަޝްރޫމް ސޯސް، ޕެންނޭ ޕާސްތާ ވިތު ޗީޒް ސޯސް، އަދި ދާލްތަޑްކާ ހިމަނާފައި ވެ އެވެ.
ޑެޒަޓްގެ ގޮތުގައި ކެރަމަލް ޕުޑިންއާއި ގުލާބުޖާމުން އަދި ބެވެރެޖެސްގެ ގޮތުގައި ކޮފީ، ފްރެޝް އޮރެންޖް، އަދި ކަރާފަނި ހިމެނެ އެވެ.
ބްލޫ ބޭގެ ރޯދަވީއްލުމުގެ އަގަކީ ބޮލަކަށް 199 ރުފިޔާ އެވެ. ރިޒަވޭޝަން ހެއްދެވުމަށް ގުޅަންޖެހޭ ދެ ނަމްބަރަކީ 7718171 އަދި 3317999 އެވެ. މެންދުރު 2:00 ގެ ކުރިން ރިޒަވޭޝަން ހެއްދެވުމަށް ބްލޫ ބޭ އިން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް