ރޯދައަށް ހުންނަ ހުރިހާ ބޭފުޅުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ފަރާތުން މެޑިކަލް ޗެކަޕް ޕެކޭޖެއް

ޓްރީޓޮޕް ހޮސްޕިޓަލުން ރޯދައަށް ހުންނަ ކޮންމެ މީހަކަށް "ރޯދައާއި ސިއްހަތު" ގެ ނަމުގައި މެޑިކަލް ޗެކަޕް ޕެކޭޖެއް ދިނުމަށް ހަމަޖައްސައިފިއެވެ. މި ޕެކޭޖްގެ ހިދުމަތް 25 އެޕްރިލް އިން ފެށިގެން ރޯދަމަހުގެ ނި...

21 Apr 2019 | 15:07

ޓްރީޓޮޕް ހޮސްޕިޓަލުން ރޯދައަށް ހުންނަ ކޮންމެ މީހަކަށް "ރޯދައާއި ސިއްހަތު" ގެ ނަމުގައި މެޑިކަލް ޗެކަޕް ޕެކޭޖެއް ދިނުމަށް ހަމަޖައްސައިފިއެވެ.

މި ޕެކޭޖްގެ ހިދުމަތް 25 އެޕްރިލް އިން ފެށިގެން ރޯދަމަހުގެ ނިޔަލަށް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ޓްރީޓޮޕުން ބުނީ، މި ޕެކޭޖް ތައާރަފްކޮށްފައިވަނީ، ރޯދައަށް ހުންނަ ބޭފުޅުންގެ ސިއްހީ ހާލަތު ބެލުމުގެ އިތުރުން، ރޯދަމަހުގައި ދުޅަހެޔޮ ސިއްހަތެއް ދަމަހައްޓާނެ ގޮތުގެ މައުލޫމާތު ދެނެގަތުމަށެވެ. އެގޮތުން މި ޕެކޭޖްގެ ތެރޭގައި މެޑިކަލް ޗެކަޕާއި، ފިޒިކަލް އެގްޒެމިނޭޝަންތަކާއި، ލޭގެ ޓެސްޓްތަކުގެ އިތުރުން ލެބޯޓްރީ ޓެސްޓްތައްވެސް ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މި ޕެކޭޖްގެ އަގަކީ 1449 ރ. ކަމަށާއި، އިތުރު ޓެސްޓައް ބޭނުންވާނަމަ 10 އިންސައްތަ ޑިސްކައުންޓްގައި އެޑްއޮންކޮށް އިތުރު ޓެސްޓްތަކެއް ހެދުމުގެ ފުރުސަތު ލިބޭނެކަމަށްވެސް ޓްރީޓޮޕުން މައުލޫމާތުދެއެވެ.

ރޯދަމަހު އެ ހޮސްޕިޓަލުން އެޕޮއިންޓްމެންޓް ދޫކުރެވޭ ގަޑިތަކަކީ، ހެނދުނު 10:30 އިން މެންދުރު  3:00ށެވެ. އަދި ރޭގަނޑު 8:00 ން 10:30 އަށެވެ. މީގެއިތުރުން އެހެން މަސްތަކެކޭ އެއްގޮތަށް އަވަސް ފަރުވާދޭ ހިދުމަތް 24 ގަޑިއިރު އެ ހޮސްޕިޓަލުގެ އީއާރް އިން ލިބޭނެކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އީއާރްގެ ހިދުމަތް ހޯދުމަށް ގުޅޭނެ ނަމްބަރަކީ 1610 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް