ބިދޭސީންގެ ތެރެއިން މަރުވި ބައެއް މީހުންގެ ގައުމުތައް ލަންކާގެ ފޮރެން މިނިސްޓްރީން ހާމަކޮށްފި

މިއަދު ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 35 ބިދޭސީއަކު މަރުވެފައިވާއިރު، ކޮން ގައުމެއްގެ މީހުންކަން އެނގައިވާ މީހުންގެ ގައުމުތައް ލަންކާގެ ފޮރެން މިނިސްޓްރީން ހާމަކޮށްފިއެވެ. ލަންކާގެ ފޮރެން މިނިސ...

21 Apr 2019 | 14:45

މިއަދު ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި 35 ބިދޭސީއަކު މަރުވެފައިވާއިރު، ކޮން ގައުމެއްގެ މީހުންކަން އެނގައިވާ މީހުންގެ ގައުމުތައް ލަންކާގެ ފޮރެން މިނިސްޓްރީން ހާމަކޮށްފިއެވެ.

ލަންކާގެ ފޮރެން މިނިސްޓްރީން ބުނީ މަރުވި މީހުންގެ ތެރޭގައި 3 އިންޑިއާ މީހުންނާއި، ޕޯޗުގަލް މީހަކާއި ތުރުކީގެ 2 މީހަކު ހިމެނޭ ކަމަށެވެ. އަދި ޔޫކޭގެ ފަސް މީހަކާއި ޔޫއެސްގެ ދެ މީހަކު ހިމެނޭ ކަމަށްވެސް ލަންކާގެ ފޮރެން މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެތެރެއިން މަރުވެފައިވާ އިތުރު 22 ބިދޭސީންނަކީ ކޮން ގައުމުތަކެއްގެ ބައެއް ކަން އަދި ހޯދިފައި ނުވާ ކަމަށް ލަންކާގެ ރިޕޯޓުތައް ބުނެއެވެ. މި ހަމަލާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިހާދިސާގައި މަރުވި މީހުންގެ އަދަދު 200 އަށްވުރެ މައްޗަށް މިހާރު ވަނީ އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް