ރޯދަމަހު ސުކޫލުތައް ހުޅުވޭނެ ގަޑިތައް ކަނޑައަޅައިފި

1440 ވަނަ ރަމަޝާން މަހު ސުކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދެވޭނެ ގަޑިތައް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެއް ދަންފަޅިއ...

21 Apr 2019 | 14:19

1440 ވަނަ ރަމަޝާން މަހު ސުކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދެވޭނެ ގަޑިތައް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެއް ދަންފަޅިއަށް ކިޔަވައިދޭ ސުކޫލުތަކުން ކިޔެވުން ފަށަން ވާނީ 8:30 އާއި 9:00 އާއި ދެމެދުގެ ގަޑިއެއްގައި ކަމުގައެވެ. އަދި ދެ ދަންފަޅިއަށް ކިޔަވައިދޭ ސުކޫލުތަކުން 8:30 އާއި 15:00 އާއި ދެމެދު ގަޑިތައް ހަމަޖެއްސުމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުންނަށް 1 ގަޑިއިރާއި 30 މިނިޓުގެ ވަގުތެއް ކަނޑައެޅުމަށާއި، ގްރޭޑް 1 ން ފެށިގެން ގްރޭޑް 6 ގެ ދަރިވަރުންނަށް 2 ގަޑިއިރާއި 30 މިނިޓުގެ ވަގުތެއް ކަނޑައެޅުމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. އެ މިނިސްޓްރީން ބުނީ، ގްރޭޑް 7 ން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުންނަށް ކިޔެވުން ކުރިއަށް ގެންދާނީ 3 ގަޑިއިރު ކަމަށެވެ.

އެ މިނިސްރީން އިތުރަށް ވިދާޅުވީ، ރަމަޝާން މަހުގައި ކިޔަވައިދޭ ވަގުތު ތަކަކީ ކުރު ވަގުތުތަކެއް ކަމުން ކޮންމެ ޕީރިއަޑެއް 30 މިނެޓާއި 45 މިނެޓާއި ދެމެދުގެ ވަގުތެއް ސުކޫލުތަކުން އިންތިޒާމް ކުރުމަށެވެ.

https://twitter.com/EducationMV/status/1119933735665688576

މީގެ އިތުރުން "ކޮންޓިނިއަސް އެސެސްމެންޓު" ނަގާ ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދާނީ އަންނަ މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. އަދި އެ ގްރޭޑްތަކަކީ ގްރޭޑް 6 އިން ފެށިގެން ދަށް ގްރޭޑްތަށް ކަމަށާއި، އެ ގްރޭޑްތަކުގެ ދަރިވަރުންނަށް 30 މޭ އާ ހަމައަށް ސްކޫލު ނޯންނާނެ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ. ފުރަތަމަ ޓާމުގެ ފޯމު ދޭނީ އަންނަ މަހުގެ 30 ވަނަ ދުވަހެވެ.

ކިޔެވުން ފެށޭގަޑިތައް ބެލެނިވެރިންނަށް ފަސޭހަ ގަޑިތަކަކު ހަމަޖެއްޖުމަށް އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް