ލަންކާގައި ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ރާއްޖޭގެ ސަލާމާތީ ކަންކަން ވަރުގަދަކޮށްފި

ރާއްޖޭގެ އަވަށްޓެރި ލަންކާއަށް މިއަދު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވާކަމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ވިދާޅުވެއްޖެއެވެ. ލަންކާގައި މިއަދި ދިން ބ...

21 Apr 2019 | 13:26

ރާއްޖޭގެ އަވަށްޓެރި ލަންކާއަށް މިއަދު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވާކަމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ވިދާޅުވެއްޖެއެވެ.

ލަންކާގައި މިއަދި ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން މަސައްކަތްތަކެއް ކުރާކަމަށާއި، އެގޮތުން ރާއްޖޭގެ އެއާޕޯޓުތަކުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ނޫސްވެރިންނަށް މައުލޫމާތުދެމުން ވިދާޅުވިއެވެ.

ރާއްޖޭގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި ވީ ނަމަވެސް ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށްވެސް ޝަމާލް ވަނީ ވިދާޅުވެފައެވެ. އަދި ލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތުވެސް ލިބިފައި ނުމާކަމަށް ޝަމާލް އިތުރަށް ވިދާޅުވިއެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާގައި މިހާތަނަށް 207 މީހުން މަރުވެ، 600 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ ޒަހަމް ވެފައެވެ. މަރުވި މީހުންގެ ތެރޭގައި ގެތެރެއިން 35 ބިދޭސީއަކު ހިމެނޭ ކަމަށްވެސް ލަންކާގެ ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް