ލަންކާ ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 207 އަށް އަރައިފި

ލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 207 އަށް އަރައިފިކަމަށް ލަންކާގެ ރިޕޯޓުތަކުން ބުނެފިއެވެ. މީގެ ތެރޭގައި ލަންކާގެ 3 ފުލުހެއްވެސް ހިމެނެއެވެ. މީގެ އިތުރުން 600 އާއި ގ...

21 Apr 2019 | 12:54

ލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 207 އަށް އަރައިފިކަމަށް ލަންކާގެ ރިޕޯޓުތަކުން ބުނެފިއެވެ. މީގެ ތެރޭގައި ލަންކާގެ 3 ފުލުހެއްވެސް ހިމެނެއެވެ.

މީގެ އިތުރުން 600 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ ޒަހަމްވެފައެވެ.

ލަންކާގައި މިއަދު ޖުމްލަ 8 ސަރަހެއްދެއްގައި ބޮން ގޮއްވާފައިވެއެވެ. މި ހަމަލާ ދީފައިވަނީ ކްރިސްޓިއަކުން ފާހަކުރާ އީސްޓާ ފެސްޓިވަލާއި ގުޅިގެންނެވެ.

މި ހަމަލާއާއި ގުޅިގެން 7 މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ލަންކާގެ ރިޕޯޓުތައް ބުނެއެވެ.

މިހަމަލާ އާއި ގުޅިގެން އެއްވެސް ދިވެއްސަކަށް އެއްވެސް ގެއްލުމަށް ލިބިފައެއް ނުވެއެވެ. ލަންކާގައި މިހާރު ވަނީ ކާފިއު އިއުލާންކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް