ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ޕީޕީއެމް އިން ވަކިވެ ޕީއެންސީ އާ ގުޅިވަޑައިގެންފިއެވެ.
ނިހާން ވަނީ ދާދި ފަހުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމު ކަމުންވެސް އިސްތިއުފާ ދީފައެވެ.
ނިހާން ޕީއެންސީއާއި ގުޅިވަޑައިގަތުމުން ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ޕީއެންސީގެ ވަގުތީ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ މަރުހަބާގެ ޓްވީޓެއް ކުރައްވާފައެވެ. އަބްދުއްރަހީމްގެ ޓްވީޓްގައި ބުނެފައިވަނީ، ނިހާން ޕީއެންސީއާއި ގުޅިވަޑައިގަތުމަކީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ނިހާނު ޕީއެންސީއާ ގުޅިވަޑައިގަންނަވާފައިވާއިރު، ދާދިފަހުން ނިހާނު ވަނީ ޕީޕީއެމްގެ ލީޑަރޝިޕް އިސްތިއުފާ ދެއްވައި، އާ ލީޑަރޝިޕަކާ ޕާޓީ ހަވާލު ކުރުމަށް ގޮވާލައްވާފަ އެވެ. ނިހާނަކީ ޕީޕީއެމް އުފެދުނީއްސުރެ ދެގޮތެއް ނުވެ ޕާޓީގައި ހުރި މެމްބަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް