ލަންކާ ބޮމުގެ ހަމަލާ: މި ހަމަލާތަކާއި ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފި

މިއަދު ހެނދުނުއްސުރެ ލަންކާގައި ބޮންތަކެއް ގޮއްވާލައި ގާތްގަނޑަކަށް 200 މީހަކު މަރާލާފައިވާއިރު މި ހަމަލާތަކާއި ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފިއެވެ. މިކަން ލަންކާގެ ނޫސްތަކަށް ލަންކާ ފުލުހުން ކަށަ...

21 Apr 2019 | 11:42

މިއަދު ހެނދުނުއްސުރެ ލަންކާގައި ބޮންތަކެއް ގޮއްވާލައި ގާތްގަނޑަކަށް 200 މީހަކު މަރާލާފައިވާއިރު މި ހަމަލާތަކާއި ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ލަންކާގެ ނޫސްތަކަށް ލަންކާ ފުލުހުން ކަށަވަރުކޮށްދީފައިވާއިރު ހަމަލާ ދިން މީހުން އެނގިއްޖެ ކަމަށާއި ދާދި އަވަހަށް ހައްޔަރު ކުރާނެ ކަމުގައި ލަންކާ ސަރުކާރުން ވަނީ ބުނެފައެވެ.

ދިވެހިން ގިނަ އަދަދަކަށް ގޮސް އުޅޭ ލަންކާގައި މިއަދު ހެނދުނުއްސުރެ އަށް ތަނެއްގައި ބޮން ގޮއްވާފައިވެއެވެ. އެއީ ތިން ފައްޅިއަކާއި ތިން ހޮޓަލެއްގެ އިތުރުން އިތުރު ދެތަނެއްގައެވެ.

މި ހަމަލާތަކުގައި ގާތްގަނޑަކަށް 200 މީހަކު މަރުވެފައިވާއިރު ގާތްގަނޑަކަށް 600 މީހަކު ޒަހަމްވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް