މާދަމާގެ އިމްތިހާންތައް ކެންސަލްކޮށް، ބުދަ ދުވަހާއި ޖެހެންދެން ލަންކާގެ ސުކޫލުތައް ބަންދުކޮށްފި

މިއަދު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، މާދަމާ ބާއްވަން ހަމަޖެހިފައިވާ ހަތަރު އިމްތިހާނަކާއި، ލަންކާގެ ސަރުކާރު ހުރިހާ ސުކޫލެއް ބުދަ ދުވަހާއި ޖެހެންދެން ބަންދު ކަމަށް ލަންކާގެ އެޑިއުކޭޝަން މިނިސްޓްރ...

21 Apr 2019 | 11:34

މިއަދު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، މާދަމާ ބާއްވަން ހަމަޖެހިފައިވާ ހަތަރު އިމްތިހާނަކާއި، ލަންކާގެ ސަރުކާރު ހުރިހާ ސުކޫލެއް ބުދަ ދުވަހާއި ޖެހެންދެން ބަންދު ކަމަށް ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މީގެ އިތުރުން ޔުނިވަރސިޓީތައްވެސް މި މުއްދަތައް ބަންދު ކަމަށްވެސް ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައިކަމަށް ލަންކާގެ ރިޕޯޓުތައް ބުނެއެވެ.

އީސްޓާ ފެސްޓިވަލާއި ގުޅިގެން ލަންކާގެ އަށް ސަރަހައްދަކު ވަނީ ބޮން ގޮއްވާލައިފައެވެ. މީގެ ތެރެއިން ލަންކާގެ 3 ޗާޗަކަށާއި ތިން ހޮޓަލަކަށް ވަނީ ބޮން ގޮއްވާފައެވެ. މި ހަމަލާތަކުގައި 200 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލު ބެއްލެވުމަށް ރައީސްގެ ހާއްސަ މަންދޫބެއް މިރޭ ލަންކާއަށް ފޮނުވަން ވަނީ ނިންމައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް