މިއަދު ހެނދުނުން ފެށިގެން ލަންކާގައި ގޮއްވަމުން އަންނަ ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ތިބީ ކޮންބައެއްކަން އެނގިއްޖެ ކަމަށާއި، ވީހާވެސް އަވަހަކަށް ފިޔަވަޅު އަޅާނެ ކަމަށް ލަންކާގެ ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރުދަނަ ވިދާޅުވެއްޖެ އެވެ.
ނަމަވެސް އެއީ ކޮން ބައެއް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.
ވިޖޭވަރުދަނަ ވިދާޅުވީ، ގައުމުގައި އުޅޭ ހަރުކަށި ގުރޫޕްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، ފާއިތުވި ދުވަސްތަކުގައި އެފަދަ މީހުން ކުރަމުން އައި ކަންކަން ހުއްޓުވާނެ ކަމަށެވެ.
މިހާދިސާއާއި ގުޅިގެން ލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މިހާދިސާގައި ޖުމްލަ 185 މީހުން މަރުވެފައިވާއިރު ޒަހަމްވެގެން ލަންކާގެ އެކި ހޮސްޕިޓަލުގައި 300 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެމުން އެބަދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް