އީސްޓާ ފެސްޓިވަލްއާއި ގުޅިގެން މިހާތަނަށް ލަންކާގެ 8 ހިސާބަކު ބޮން ގޮށްވާލާފައިވާއިރު، ގައުމުން ބޭރު 35 މީހަކު މަރުވެފައިވާކަމަށް އޭއެފްޕީ ރިޕޯޓުތަކުން ދައްކައިފިއެވެ.
ބެލެވޭގޮތުގައި މީގެ ތެރެއިން ބްރިޓިޝް ޓޫރިސްޓުން ހިމެނޭކަމުގެ ބިރު އޮތް ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.
މަރުވެފައިވާ މީހުންނަކީ ކޮން ގައުމެއްގެ ބައެއްކަން އެނގިފައެއް ނުވެއެވެ.
މި ހަމަލާތަކުގައި މިހާތަނަށް 200 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ. މި ހާދިސާގައި ލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް