ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ކަޅުތުއްކަލާ ކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ޑިފެންސް މިނިސްޓަރ ...

21 Apr 2019 | 10:17

ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ކަޅުތުއްކަލާ ކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ ދީދީ ވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ސިފައިންގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާ ސިފައިން ވަނީ ބައިވެރިވެފައެވެ.

މި އަހަރުގެ ސިފައިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ " އަސްކަރީ އުސޫލް ނެގެހެއްޓުން، ސަފުތަކުގެ ތަރުތީބު ދެމެހެއްޓުން" މި ޝިއާރެވެ.

ސިފައިންގެ އަހަރީ ދުވަހާއި ގުޅިގެން މުޅި ރާއްޖޭގައި ހުރި ސިފައިންގެތަކުގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް