ހެނދުނުއްސުރެ ދެމުން އަންނަ ބޮމުގެ ހަމަލާތައް ނުހުއްޓި، 8 ވަނަ ބޮން ލަންކާގެ ޑެމަޓަގޮޑާގައި ގޮއްވާލައިފިއެވެ.
މިހިސާބަކީ ލަންކާގެ ބަންޑާރަ ނަޔަކަ އެއާޕޯޓު ހިސާބެވެ.
މި ބޮންތައް ގޮއްވާފައި ވަނީ ކްރިސްޓިއަނުން ފާހަގަ ކުރާ އީސްޓާއާ ދިމާކޮށެވެ. މި ހަމަލާތަކުގައި 200 އާ ގާތްކުރާ އަދަދަކަށް މީހަކު ވަނީ މަރުވެފައެވެ. އަދި 560 މީހުންނާއި ގާތްކުރާ އަދަދަކަށް މީހުން ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މިހަމަލާގައި އެއްވެސް ދިވެއްސަކަށް އަދި އެއްވެސް ގެއްލުމެއް ވެފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ.
ލަންކާ ސަރުކާރުން މިހާރު ވަނީ މުޅި ގައުމަށް ކާފިއު އިއުލާނު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް