މުޅި ލަންކާގައި ކާފިއު އިއުލާނު ކޮށްފި – ސޯޝަލް މީޑިއާތައްވެސް ބްލޮކް ކޮށްފި

ހެނދުނުއްސުރެ މިހާތަނަށް ލަންކާގައި އަށް ސަރަހައްދެއްގައި ބޮން ގޮއްވާލާއި އެތައް ބަޔަކު މަރާލާފައިވާއިރު އެގައުމުގެ ސަރުކާރުން އެ ގައުމުގައި ކާފިއު އިއުލާނުކޮށް ސޯޝަލް މީޑިއާތައްވެސް ބްލޮކް ކޮށްފިއެވެ...

21 Apr 2019 | 09:56

ހެނދުނުއްސުރެ މިހާތަނަށް ލަންކާގައި އަށް ސަރަހައްދެއްގައި ބޮން ގޮއްވާލާއި އެތައް ބަޔަކު މަރާލާފައިވާއިރު އެގައުމުގެ ސަރުކާރުން އެ ގައުމުގައި ކާފިއު އިއުލާނުކޮށް ސޯޝަލް މީޑިއާތައްވެސް ބްލޮކް ކޮށްފިއެވެ.

ހެނދުނު ހަ ހަމަލާ ދީފައިވަނީ ތިން ފައްޅިއެއްގައާއި ތިން ހޮޓަލެއްގައެވެ. ހަތްވަނަ ބޮން މެންދުރު ފަހު ގޮއްވާލާފައިވަނީ ދިވެހިން ގިނަ އަދަދަކަށް އުޅޭ ދެހިވަލަ ޒޫ ކުރިމަތީގައި ހުންނަ ހޮޓަލެއްގައެވެ. މި ހަމަލާގައި ޒަހަމްވި ދެމީހަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން އަށްވަނަ ހަމަލާއެއްވެސް މިހާރު ދީފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. މި ހަމަލާގައި ބޮމެއް ގޮއްވާލާފައިވަނީ ހައުސިން ކޮމްޕްލެކްސްއެއްގައެވެ. މި ހަމަލާގެ މާ ގިނަ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހަމަލާތަކާއި ގުޅިގެން ލަންކާގައި ކާފިއު އިއުލާނު ކޮށްފައިވަނީ މިއަދު އިރު އޮއްސި 06 އިން މާދަމާ ހެނދުނު 06:00 އަށެވެ. ވަޓްސްއެޕް އާއި ފޭސްބުކް މިހާރު ވަނީ ބްލޮކް ކޮށްފައެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭގޮތަށް ކަންތައްތައް ކުރުމުގެ ފުރުސަތު ސިޔާސީ ފަރާތްތަކަށާއި ދީނީ ފަރާތްތަކަށް ނުދިނުމުގެ ގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް