ދެހިވަލަ ޒޫ ކައިރީ ވެސް ބޮމެއް ގޮއްވާލައިފި

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ލަންކާގެ ދެހިވަލަ ޒޫ ކައިރީގައި ހުންނަ ހޮޓަލެއްގައި އިތުރު ބޮމެއް ގޮއްވާލައިފައި ވާކަމާށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. މި ހާދިސާގައި ދެމީހަކު މަރުވެފައިވެއެވެ. މައުލ...

21 Apr 2019 | 09:33

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ލަންކާގެ ދެހިވަލަ ޒޫ ކައިރީގައި ހުންނަ ހޮޓަލެއްގައި އިތުރު ބޮމެއް ގޮއްވާލައިފައި ވާކަމާށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މި ހާދިސާގައި ދެމީހަކު މަރުވެފައިވެއެވެ. މައުލޫމާތު ލިބޭގޮތުން މިހާތަނަށް އެއްވެސް ދިވެއްސަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިއަދު ހެނދުނު ކޮލޮމްބޯގެ ދެ ފައްޅިއެއް، އަދި ކޮލޮމްބޯގެ ތިން ހޮޓަލަކަށް ވަނީ ބޮން އަޅާފައެވެ. މި ހަމަލާތަކުގައި މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ޒަހަމް ވެފައިވާއިރު، 180 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މިހާދިސާއާއި ގުޅިގެން ވަގުތީގޮތުން ދެހިވަލަ ޒޫ ވަނީ ބަންދުކޮށްފައެވެ.

މައުލޫމާތު ލިބޭގޮތުން މި ބޮންތައް ގޮއްވާފައި ވަނީ ކްރިސްޓިއަނުން ފާހަގަ ކުރާ އީސްޓާއާ ދިމާކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް