މިމަހުގެ 17 ވަނަ ދުވަހު މަޖީދީމަގުގައި ހުރި ފޯނު ވިއްކާ ފިހާރައަކުން އެކި ބްރޭންޑްތަކުގެ 41 ފޯނު ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ ފިރިހިނަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި ވައްކަމުގައި ނަގާފައިވާ ފޯނުތަކުގެ ތެރެއިން 20 ފޯނު ފެނިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް