ހަދަމުން އަންނަ މިސްކިތަކުން ވެއްޓި އެސްޓީއޯގެ އިސް ވެރިޔަކު އައިސީޔޫގައި

ރޯދަމަހަށް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ މުހައްމަދު ޖަމީލް މިސްކިތުގެ ދެ ވަނަ ބުރިން ވެއްޓި ހާލު ވަރަށް ބޮޑަށް ސީރިއަސް ވުމުން، އެސްޓީއޯގެ އިސް ވެރިއަކަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފަށަ...

21 Apr 2019 | 08:56

ރޯދަމަހަށް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ މުހައްމަދު ޖަމީލް މިސްކިތުގެ ދެ ވަނަ ބުރިން ވެއްޓި ހާލު ވަރަށް ބޮޑަށް ސީރިއަސް ވުމުން، އެސްޓީއޯގެ އިސް ވެރިއަކަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

އެސްޓީއޯގެ ހެޑް މުސްތަފާ އަޒްމީގެ ބޮލަށާއި ފުއްޕާމެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން  އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަޒުމީގެ ހާލު ސީރިއަސް ކަމަށާއި، އަވަސް ޝިފާއަކަށް އެދި ދުއާކޮށްދިނުމަށް އޭނާ އެދިވަޑައިގަންނަވާކަމަށެވެ.

އަމިއްލަ ފަރާތްތަކުން އިމާރާތްކުރި މި މިސްކިތް ގާތްގަނޑަކަށް ހަތަރު ބުރިއަށް ހަދާ ނިމިފައިވާއިރު، މި މިސްކިތް ރޯދަ މަހަށް ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް