ޖަލުތަކުގައި ހެލްތް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ޑިޕަރޓްމަންޓާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ޖަލުތަކުގައި ހެލްތު އެވެއާނެސް ޕްރޮގްރާމެއް ހިންގައިފި އެވެ. ތިން ދުވަހުގެ މުއްދަތަކަށް މި ޕްރޮގްރާމް ކ...

21 Apr 2019 | 08:30

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ޑިޕަރޓްމަންޓާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ޖަލުތަކުގައި ހެލްތު އެވެއާނެސް ޕްރޮގްރާމެއް ހިންގައިފި އެވެ.

ތިން ދުވަހުގެ މުއްދަތަކަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އައްސޭރި ޖަލާއި، މާލެ ޖަލާއި، މާފުށީ ޖަލުގަ އެވެ.

މި ޕްރޮގްރާމަކީ ޖަލުތަކުގައި ސީނިއަރ މެނޭޖްމެންޓް ބޭފުޅުންނަށް ސިއްހީ ކަންކަމަށް އަހުލުވެރި ކުރުމާއި، ޓި.ބީއަށް ގައިދީން ސްކްރީން ކުރުމުގެ ކުރިން ޖަލުތަކުގެ ސީނިއަރ ބޭފުޅުން މިކަމަށް އަހުލުވެރި ކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މެޑިކަލް ޑިޕާޓްމަންޓާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް