ލަންކާ ބޮމުގެ ހާދިސާއާ ގުޅިގެން ދިރާގު ނަންބަރު ތަކުން ލަންކާއަށް ގުޅޭ ރޭޓު ދަށް ކޮއްފި

ސްރީލަންކާގެ އެކިހިސާބުތަކުގައި މިއަދު ހެނދުނު ހިނގާދިޔަ ހަމަލާތަކާއި ގުޅިގެން، ލަންކާއަށް ފަސޭހަ ކަމާއެކު ގުޅޭނެ ގޮތް މެދުވެރި ކޮެއްދިނުމުގެ ގޮތުން ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ލަންކާއަށް ޚާއ...

21 Apr 2019 | 08:06

ސްރީލަންކާގެ އެކިހިސާބުތަކުގައި މިއަދު ހެނދުނު ހިނގާދިޔަ ހަމަލާތަކާއި ގުޅިގެން، ލަންކާއަށް ފަސޭހަ ކަމާއެކު ގުޅޭނެ ގޮތް މެދުވެރި ކޮެއްދިނުމުގެ ގޮތުން ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ލަންކާއަށް ޚާއްޞަ ރޭޓެއްކަމަށްވާ މިނެޓަކަށް 1.00ރ. ގެ ރޭޓުގައި ގުޅޭނެ ގޮތް ހަމަޖައްސައިފިއެވެ.

ރޭޓް ދަށްކޮއްފައިވަނީ މިއަދު 13:00 އިން މާދަމާގެ ނިޔަލަށެވެ.

މި ޙާދިސާއާއި ގުޅިގެން ޤާއިމްކުރެވިފައިވާ ހޮޓްލައިންއަށް ގުޅުއްވުމަށް +94727277072، +94766942654 ނުވަތަ +9607983400 އަށް ގުޅުއްވާށެވެ.

ލަންކާގައި މިއަދު ހެނދުނު ތިން ފައްޅިއަކަށާއި ތިން ހޮޓަލަކަށް ބޮމުގެ ހަމަލާތަކެއް ދީފައިވާއިރު މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 100 އާއި ގާތަށް ގޮސްފައިވާކަމަށް ލަންކާގެ ނޫސްތަކުން ބުނެއެވެ.

ބޮން ގޮއްވާލި ބައެއް ސަރަހައްދުތަކަކަކީ ދިވެހިންވެސް ގިނައިން ގޮސް އުޅޭ ސަރަހައްދުތަކެއް ނަމަވެސް މި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އަންނަނީ ދިވެހިންގެ ހާލު ބަލައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވޭތޯ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް