ސްރީލަންކާގެ އެކިހިސާބުތަކުގައި މިއަދު ހެނދުނު ހިނގާދިޔަ ހަމަލާތަކާއި ގުޅިގެން، އެސަރަޙައްދުގައި ދިރިއުޅުއްވާ އާއިލާ އާއި ގާތްތިމާގެ ބޭފުޅުންނަށް ފަސޭހަ ކަމާއެކު ގުޅޭނެ ގޮތް މަގުފަހި ކޮެއްދިނުމުގެ ގޮތުން އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް ލަންކާއަށް ޚާއްޞަ ރޭޓެއްކަމަށްވާ މިނެޓަކަށް 1.00ރ. ގެ ރޭޓުގައި ގުޅޭނެ ގޮތް އުރީދޫއިން ހަމަޖައްސައިފިއެވެ.
21 އޭޕްރީލް 2019 ވަނަ ދުވަހުގެރޭ 23:59 އާއި ހަމައަށް މި ރޭޓުން ގުޅޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މި ޙާދިސާއާއި ގުޅިގެން ޤާއިމްކުރެވިފައިވާ ހޮޓްލައިންއަށް ގުޅުއްވުމަށް +94727277072، +94766942654 ނުވަތަ +9607983400 އަށް ގުޅުއްވުމަށް އުރީދޫ އިން ވަނީ އެދިފައެވެ،
ލަންކާގައި މިއަދު ހެނދުނު ތިން ފައްޅިއަކަށާއި ތިން ހޮޓަލަކަށް ބޮމުގެ ހަމަލާތަކެއް ދީފައިވާއިރު މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 100 އާއި ގާތަށް ގޮސްފައިވާކަމަށް ލަންކާގެ ނޫސްތަކުން ބުނެއެވެ.
ބޮން ގޮއްވާލި ބައެއް ސަރަހައްދުތަކަކަކީ ދިވެހިންވެސް ގިނައިން ގޮސް އުޅޭ ސަރަހައްދުތަކެއް ނަމަވެސް މި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އަންނަނީ ދިވެހިންގެ ހާލު ބަލައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވޭތޯ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް