ހަގް އެލް ލެއިލާ: ރޯދައިގެ ކުރިން ކުޑަ ކުދިންނަށް އަންނަ ބޮޑު ޢީދެއް

ރަމަޟާން މަސް ފެށެން 14 ދުވަހަށް ވެފައިވާއިރު ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނާއި ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން މުސްލިމު އެކި ގައުމުތަކުގައި ތަފާތު އެކި ކަންކަން ކޮށް އުޅެއެވެ. އެގޮތު...

21 Apr 2019 | 07:00

ރަމަޟާން މަސް ފެށެން 14 ދުވަހަށް ވެފައިވާއިރު ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނާއި ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން މުސްލިމު އެކި ގައުމުތަކުގައި ތަފާތު އެކި ކަންކަން ކޮށް އުޅެއެވެ. އެގޮތުން މިސްރުގައި މަގުތައް ފާނޫޒުން ދިއްލާލާއިރު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައިވެސް ވަރަށް ތަފާތު ކަމެއް ކުރެއެވެ.

އެއީ ހަގް އެލް ލެއިލާ ފާހަގަ ކުރުމެވެ. މިއީ ރޯދައިގެ ކުރިން ކުޑަކުދިންނަށް އަންނަ ޢީދެކޭވެސް ބުނެވިދާނެއެވެ.

މިކަން ފާހަގަކުރަނީ ޝަޢުބާން މަހުގެ 15 ވަނަ ދުވަހުގެ ރޭ އިރާކޮޅު ވަގުތުގައެވެ. ފާހަގަކުރާ ގޮތަކީ ރަށުގެ ތަންތަން ޒީނަތްތެރިކޮށް ދިއްލާލުމަށްފަހު ކުޑަކުދިން ކުޅެ މަޖާކޮށްލަން ބޮޑު މާހައުލެއް ހުޅުވާލުމެވެ.

އެ ރޭ އިރާކޮޅު ކުޑަކުދިން ނިކުންނަނީ އެއް ފަރާތައް އޮންނަ ވައްތަރުގެ އަތް ދަބަސް ހިފައިގެންނެވެ. ކުދިން ގްރޫޕް ހަދާފައި ގޭގެއަށް ގޮސް ޓަކި ޖަހައި، އެކުދިންގެ ހުނަރު ކޮންމެވެސް ގޮތަކުން ދައްކާލައެވެ. އަދި އެކުދިންގެ ހުނަރަށް ތައުރީފުކޮށް އެކުދިން އުފާކޮށްދިނުމުގެ  ގޮތުން އެކުދިންގެ ދަބަހަށް އެ ގޭގެއިން މެޓައާއި ބަދަން އަޅާދެއެވެ.

ތިރީގައި މިވާ ލަވައަކީ މި ފެސްޓިވަލަށް ކުރިން ހަދާފައިވާ ލަވައެކެވެ. މި އަހަރުވެސް އެކުވެރި އަރަބި އމާރާތުގައި މި ހަފްލާ ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައިވެއެވެ.

https://www.youtube.com/watch?v=kPRbkiasXOM

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް