ލަންކާ ބޮމުގެ ހަމަލާ: މަރުވި މީހުންގެ އަދަދު 100 އާއި ގާތަށް – ހަ ތަނެއްގައި ބޮން ގޮއްވާފައިވޭ

ދިވެހިން އާއްމުކޮށް ގޮސް އުޅޭ އަދި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ އަވަށްޓެރި ސްރީ ލަންކާގައި ހަ ތަނެއްގައި ބޮންތަކެއް ގޮއްވާލި ހާދިސާގައި މިހާތަނަށް ގާތްގަނޑަކަށް 100 އެއްހާ މީހުން މަރުވ...

21 Apr 2019 | 06:19

ދިވެހިން އާއްމުކޮށް ގޮސް އުޅޭ އަދި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ އަވަށްޓެރި ސްރީ ލަންކާގައި ހަ ތަނެއްގައި ބޮންތަކެއް ގޮއްވާލި ހާދިސާގައި މިހާތަނަށް ގާތްގަނޑަކަށް 100 އެއްހާ މީހުން މަރުވެފައިވާކަމަށް ލަންކާގެ ނޫސްތަކުން ބުނެފިއެވެ.

އެގޮތުން ލަންކާގެ ނޫހެއް ކަމުގައިވާ ނިއުސް ފަސްޓްގައި ބުނެފައިވާގޮތުގައި ހަ ތަނެއްގައި ބޮން ގޮއްވާލާފައިވެއެވެ. އެއީ ކޮއްޗިކަޑެ ޗާޗްގައްޔާއި ކަޓުވަޕިޓިޔަ ޗާޗުގައްޔާއި ޝަންގްރިއްލާ ހޮޓެލް އާއި ސިނަމަން ގްރޭންޑް ހޮޓެލް އާއި ބައްޓިކަލޯގައި ހުންނަ ޗާޗެއްގެ އިތުރުން ކިންގްސްބަރީ ހޮޓެލްގައެވެ.

ހެނދުނު ވަގުތު މި ހަމަލާތައް ދިން އިރު ހަމަލާ ދީފައިވާ ތިން ޗާޗުގައި ގިނަ އަދަދެއްގެ މީހުން އެއްވެ ތިއްބެވެ. އެހާ މީހުން ގިނައީ މިއަދު ލަންކާގެ ކްރިސްޓިއަނުން އީސްޓް ސަންޑޭ ފާހަގަކުރަމުން އަންނާތީއެވެ.

ނިއުސް ފަސްޓްގައި ބުނެފައިވާގޮތުގައި ކަޓުވަޕިޓިޔާގައި 50 މީހަކު މަރުވެފައިވެއެވެ. ބައްޓިކަލޯގައި 25 މީހަކު މަރުވެފައިވާއިރު 75 މީހަކު ޒަހަމްވެފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު ނެޝަނަލް ހޮސްޕިޓަލުގައި 24 މީހަކު މަރުވެފައިވާކަމަށްވެސް ރިޕޯޓް ކޮށްފައިވެއެވެ.

މި ހާދިސާގައި އަދިވެސް ގިނަ ބަޔަކު މަރު ވުމުގެ ފުރުސަތު އޮތް އިރު، އެއްވެސް ދިވެއްސަކަށް މީގެން އެއްވެސް ހަމަލާއެއްގައި އަނިޔާއެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އަންނަނީ ކުރަމުންނެވެ. އަދި އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް