ޕީއެންސީގެ ގައުމީ ބައްދަލުވުން އަދި މަގާމުތަކަށް މެންބަރުން ހޮވުން އަންނަ ހުކުރު ދުވަހު

ޕީޕަލްސް ނެޝަނަލް ކޮންގްރެސް ގެ ގައުމީ ބައްދަލުވުމާއި އެ ޕާޓީގެ އެކި މަގާމްތަކަށް މީހުން ހޮވުން އަންނަ ހުކުރު ދުވަހު ބާއްވަން އެ ޕާޓީން ނިންމައިފިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފ...

21 Apr 2019 | 05:55

ޕީޕަލްސް ނެޝަނަލް ކޮންގްރެސް ގެ ގައުމީ ބައްދަލުވުމާއި އެ ޕާޓީގެ އެކި މަގާމްތަކަށް މީހުން ހޮވުން އަންނަ ހުކުރު ދުވަހު ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދާފައިވާ ޕީއެންސީއިން ކޮއްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 26 މާއްދާގައި ޕާޓީއެއް ރަޖިސްޓްރީވުމާއި ގުޅިގެން ނުވަ މަސް ދުވަހުގެ ތެރޭގައި ޕާޓީގެ ގައުމީ ބައްދަލުވުން ބޭއްވުމަށެވެ. އަދި ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީގެ މަގާމުތަކާއި ދާއިމީ މެންބަރުން އިންތިހާބު ކުރަން ޖެހޭ ކަމަށާއި، ގައުމީ ބައްދަލުވުން ބާއްވާ ޕާޓީގެ މަގާމަތަކަށް މެންބަރުން ހޮވަން މަޝްވަރާ މަޖިލީހުން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށް ޕީއެންސީން ބުނެފައިވެއެވެ.

އެގޮތުން ރައީސްގެ އިތުރުން ދެ ނައިބު ރައީސުންނާއި، މަޝްވަރާ މަޖިލީހަށް 20 މެންބަރުން، މެންބަރުންގެ ކަންކަން ބަލަހައްޓާ ކޮމިޓީއަށް ފަސް މެންބަރުން، އިސްތިއުނާފް ކޮމިޓީއަށް ތިން މެންބަރުން އަދި އިންތިހާބީ ކޮމިޓީއަށް ފަސް މެންބަރުން އިންތިހާބުކުރުމަށް ޕީއެންސީއިން ވަނީ  ނިންމާފައެވެ.

ޕީއެންސީއިން ބުނެފައިވަނީ މި މަހުގެ 15 ގެ ކުރިން ޕާޓީގައި ރަޖިސްޓްރީވެފައިވާ މެންބަރުންގެ ތެރެއިން މަގާމްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، އެފަރާތްތަކުން މާދަމާގެ އިރު އޮއްސި ހައެއްގެ ކުރިން ފޯމް ހުށަހެޅުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް