ކޮލަމްބޯ، ސްރީލަންކާގެ ދެ ފައްޅިއަކަށާއި ދެ ހޮޓަލަކަށް ހަމަލާދީފިއެވެ.
މި ބޮމުގެ ހަމަލާގައި 300 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށާއި މި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ސްރީލަންކާގެ ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަދި މިހާތަނަށް 125 މީހުން މަރުވެފައުވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮއްފައިވެއެވެ.
އަދި މި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާވެފައިވޭތޯ ބަލަމުން ދާކަމަށް ފޮރިން މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
ހާދިސާ ހިނގާފައިވަނީ ކޮއްޗިކަޑަ އާއި ކޮޓަހެނަ އާއި ކަޓުވައްޕިޓިޔަ ގައި ކަމަށް ފުލުހުންނާ ހަވާލާދީ ޑެއިލީ މިރާގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް