ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ވިއެޓްނާމް އިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ މަލްޓަރގެ "އެމްވީ ޖޭޑް ޑީ" ނަމަކަށްކިޔާ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރި...

21 Apr 2019 | 03:08

ވިއެޓްނާމް އިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ މަލްޓަރގެ "އެމްވީ ޖޭޑް ޑީ" ނަމަކަށްކިޔާ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ސ.ހިތަދޫއަށް ގެންގޮސްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު މި ބޯޓު ސ.ހިތަދޫގެ ދެކުނުން 2 ނޯޓިކަލް މޭލާއި ހަމައަށް ކައިރިކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ އެމްއެންޑީއެފް އުޅަނދަށް ނަގާފައެވެ.

ފިލިޕީންސްއަށް އުފަން އުމުރުން 49 އަހަރުގެ މި ފިރިހެން މީހާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް "ހަކުރާ" ލޯންޗުގައި ހިތަދޫއަށް ގެންގޮސްދީފައި ވަނީ މިރޭ 4:45 ހާއިރުއެވެ.

ސިއްހީ އަވަސް ފަރުވާ ދިނުމަށް މި މީހާ ހިތަދޫއަށް ގެންގޮސްދީފައިވަނީ މެއަށް ތަދެއްއަރައި ނޭވާލާން އުނދަގޫ ވުމުން ކަމުގައި ސިފައިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް