ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެންމެ ބޮޑު ގެއްލުންވި ރަށްތަކުގެ ތެރޭގައި ފުވައްމުލަކު ސިޓީ، އއ. މާޅޮސް، އދ. ފެންފުށި، ގއ. ހޯޑެއްދޫ، އައްޑޫ ސިޓީ ހިތަދޫ، ރ. މަޑުއްވަރީ، ލ. ކުނަހަންދޫ، ދ. މީދޫ، ދ. މާއެނބޫދޫ، ދ. ބަނޑިދޫ، ތ. ކިނބިދޫ، ގދ. ނަޑެއްލާ ހިމެނެ އެވެ.
އެ ރަށްތަކުގެ ތެރެެއިން ފުވައްމުލަކު ސިޓީއަށް މިއަދު ހެނދުނުން ފެށިގެން ދަނީ އުދަ އަރަމުންނެވެ. އެކަމަކު އެންމެ ބޮޑަށް އުދަ އަރަން ފެށީ ހަވީރު ކަމަށާއި ހަވީރު 15 ފޫޓު އުސްމިނުގައި ރާޅު އަޜާފައިވާ ކަމަށް ފުވައްމުލަކު މޭޔަރު އަބްދުﷲ ފަލާހް ޝަރީފް މީޑިއާގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި މި ވޭތުވެދިޔަ 15 ވަރަކަށް އަހަރުވެސް އި ސިޓީއަށް މިހާ ބޮޑަށް އުދަ އަރާފައެއް ނުވެ އެވެ. އުދަ އަރައި އެ ސިޓީގެ އެމްއެންޑިއެފް ފަޔާ ސްޓޭޝަން އާއި ޕޮލިސް ސްޓޭޝަންގައި ވަނީ ފެން ބޮޑުވެފަ އެވެ. އަދި މަގުތަކުގައި އުޅަނދު ފަހަރު ދުއްވުމަށް އުނދަގޫވެފައިވާއިރު ބައެއް ގާޑިއާތަކަށް ކޮންމެސް ވަރެއްގެ ގެއްލުންތަކެއްވެފަ ވެ އެވެ.
އެހެން ރަށްރަށަށް އުދަ އަރަން ފަށާފައިވަނީ މެންދުރު ފަހު އެވެ. އެގޮތުން މަޑުއްވަރިއަށް އުދަ އަރާ ސިނާއީ ސަރަހައްދުގެ ބޭރު ތޮށިން ބައެއް ހަލާކު ވެފަވެ އެވެ. ފެންފުއްޓަށް އުދަ އަރައި ރަށުގެ 500 ފޫޓަށް ލޮނު ފެނުގެ އަސަރުކޮށްފައި ވާއިރު ބައެއް ގޭގޭގައި ނޫޅެވޭ ވަރުވެގެން މީހުން ވަނީ އެހެން ގޭގެއަށް ގޮސްފަ އެވެ.
ކޮންމެ އަހަރެއްގެވެސް ހުޅަނގު މުސުމާއި އިރުވައި މޫސުން ބައްދާ ވިއްސާރައިގަ ރާއްޖޭގެ އެކި ހިސާބަށް އުދަ އަރައި ބޮޑެތި ގެއްލުންތައް ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް