"މާ ސާފު މާލެ" މި ނަމުގއި މާލެއާއި ވިލިމާލެ ސާފު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
މި ޕްރޮގްރާމް އަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ބޭއްވި ހަރަކާތްތަކުގައި އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހީމާއި، ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޕްރޮގްރާމް ފެށި މިއަދު ހެނދުނު 6:00 ގައި އެވެ. ސަރުކާރު އޮފީސްތަކާއި، ސްކޫލްތައް، މުއައްސަސާތައް އަދި އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތައް ހިމެނޭ ގޮތަށް މާލެ ސާފް ކުރުމުގެ ޕްރޮގްރާމްގައި ހަތަރު ހާހަށްވުރެ ގިނަ މީހުން ބައިވެރިވެ އެވެ.
އެންވަޔަރަމަންޓު މިނިސްޓްރީން ވަނީ މި ހަރަކާތުގައި އާންމުންވެސް ބައިވެރިވުމަށް ގޮވާލާފައި އެވެވ.
މިހަރަކާތަކީ ވެމްކޯއިން މާލެ ސާފު ކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އެ މިނިސްޓްރީން ވަނީ މާލެ އާއި ވިލިމާލޭގެ ކުނި އުކުމާއި ސާފު ކުރުމުގެ މަސައްކަތް ވެމްކޯ އާއި ހަވާލުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް