މަސާޖު ކުރާ ވަޒީފާ ރާއްޖޭއިން ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލި މައްސަލައެއް ބަލަނީ

ތައިލެންޑުގެ އަންހެނުންތަކަށް ރާއްޖެއިން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ ދެމީހަކު އޮޅުވާލައިގެން ފައިސާ ތަކެއް އަތުލި މައްސަލަ ތައިލެންޑު ފުލުހުންނަށް ހުށަހަޅައިފި އެވެ. އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކ...

21 Apr 2018 | 05:30

ތައިލެންޑުގެ އަންހެނުންތަކަށް ރާއްޖެއިން ވަޒީފާ ހޯދައިދޭނެ ކަމަށް ބުނެ ދެމީހަކު އޮޅުވާލައިގެން ފައިސާ ތަކެއް އަތުލި މައްސަލަ ތައިލެންޑު ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި ގާތްގަނޑަކަށް 100 ވަރަކަށް އަންހެނުން އަތުން އެ ދެމީހުން ވަނީ އޮޅުވާލައިގެން ފައިސާ އަތުލާފައި އެވެ. އެއީ ކޮން ގައުމެއްގެ ދެމީހުންކަން ނޭނގުނަސް ފުލުހަށް މައްސަލަ ހުށަހެޅި އަންހެނުންތައް ވަނީ އެ ދެމީހުންގެ ނަން ބުނެފަ އެވެ.

ޕިސާމީ ޗަމްޕަކްވީން އަދި ޖިންޓަނާ ވޮންވީޗާ ނަމަކަށް ކިޔާ އެ ދެމީހުން އެމީހުން އަތުން ފައިސާ ހޯދީ އޮންލައިންކޮށް ޗެޓުކޮށްގެން ރާއްޖެއިން މަސާޖު ކުރުމުގެ ވަޒީފާ ހޯދައި ދޭނެކަމަށް ބުނެ ކަމަށްވެ އެވެ. މައްސަލަ ހުށަހެޅި ގާތްގަނޑަކަށް 40 އަށްވުރެ ގިނަ އަންހެނުން ބުނީ އޭގެން ކޮންމެ އަންހެނެއްގެ އަތުން އެމީހުން 30،000 ބާތު (14817 ރުފިޔާ) އަތުލާފައިވާ ކަމަށެވެ.

އެމީހުން ފުލުހުންނަށް މައްސަލަ ހުށަހެޅީ ރާއްޖެއަށް އައުމަށް ޓިކެޓު ނުދިނުމުން ކަމަށް ބުނެފަ އެވެ. ފުލުހުންނަށް މައްސަލަ ހުށަހަޅަން އެމީހުން ދިޔައީ ހެކީގެ ގޮތުގައި އެ ދެމީހުންނާއި އެކު ކޮށްފައިވާ މުއާމަލާތްތަކުގެ ޗެޓު ލޮގުތައް ޕްރިންޓުކޮށްގެން ހިފައިގެންނެވެ.

ތައިލެންޑް ފުލުހުން އެ މައްސަލަ ބަލަނީ މަނީ ލޯންޑްރިން މައްސަލައެއްގެ ގޮތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް