ރާއްޖެ އާއި ކޮންގޯ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމް ކޮށްފި

ރާއްޖެ އާއި ރިޕަބްލިކް އޮފް ކޮންގޯއާ ދެމެދު ސިޔާސީ ގުޅުން  ގާއިމްކޮށްފި އެވެ ފޮރިން މިނިސްޓްރީން ބުނީ ނިއު ޔޯކްގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، ސިޔާސީ ގުޅުން ގާއިމް ކުރު...

21 Apr 2018 | 05:00

ރާއްޖެ އާއި ރިޕަބްލިކް އޮފް ކޮންގޯއާ ދެމެދު ސިޔާސީ ގުޅުން  ގާއިމްކޮށްފި އެވެ

ފޮރިން މިނިސްޓްރީން ބުނީ ނިއު ޔޯކްގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، ސިޔާސީ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ކަމަށެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮންގޯ އަކީ އާބާދީގައި 5.1 މިލިއަން މީހުން ދިރިއުޅޭ ގައުމެކެވެ.

ރާއްޖެއިން ކޮންގޯ އާއި އެކު ސިޔާސީ ގުޅުން ގާއިމް ކޮށްފައި މިވަނީ އދ. ގެ އެންމެ ބާރު ގަދަ އަދި އެންމެ ވާދަވެެރި ކައުންސިލް ކަމަށްވާ ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެ އިން ވާދަ ކުރުމަށް ކުދި ގައުމުތަކުގެ ތާއީދު ހޯދުމަށް ކެމްޕެއިނެއް ފަށާފައިވާ ދުވަސް ވަރެއްގައި އެވެ. އެ ކެމްޕެއިންގެ ދަށުން އެފްރިކާގެ އިތުރު ގައުމުތަކަކާއި އެކު މިދިޔަ މަހާއި މިމަހުގެ ތެރޭގައި ވަނީ ސިޔާސީ ގުޅުން ގާއިމްކޮށްފައި އެވެ.

މިއީ ރާއްޖެއިން ސިޔާސީ ގުޅުން ގާއިމް ކުރި 168 ވަނަ ގައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް