އާންމުކޮށް ރޭގަނޑު ދޮންކެޔޮ ކަންޏާ ވާނެ ގޮތް އެނގޭތަ؟

ދޮންކޭލަކީ އެއް މޭވާއަކުން ވަރަށް ގިނަ ފައިދާ ހަށިގަނޑަށް ލިއްބައިދޭ މޭވާ އެކެވެ. ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވޭ ދޮންކެޔޮ ގިނައިން ކެއުމުން ލޭގެ ޕްރެޝަރު އެއް ހަމައެއްގައި ހުރުމަށް އެހީވެދެ އެވެ....

21 Apr 2018 | 04:00

ދޮންކޭލަކީ އެއް މޭވާއަކުން ވަރަށް ގިނަ ފައިދާ ހަށިގަނޑަށް ލިއްބައިދޭ މޭވާ އެކެވެ.

ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވޭ ދޮންކެޔޮ ގިނައިން ކެއުމުން ލޭގެ ޕްރެޝަރު އެއް ހަމައެއްގައި ހުރުމަށް އެހީވެދެ އެވެ. ދޮންކޭލަކީ ބަނޑު ހަމަޖެހުމަށާއި މޭ އެންދާ މީހުން ކާން ރަނގަޅު މޭވާ އެވެ. ދޮންކެޔޮލުގައި ހިމެނޭ ހަކުރުގެ މިންވަރު ހަށިގަނޑަށް ފޮނުވައިދިނުން ލަސްވުމުން ހަށިގަނޑަށް ހަކަތަ ލިބި ގައިގަ ވަރު ޖެހުން އަވަސްވާނެ އެވެ.

އެހެންވެ ދޮންކެޔޮ އާންމުކޮށް ކެއުމަކީ ހަށިގަނޑަށް ފައިދާ ހުރި ކަމެކެވެ. ދޮންކެޔޮ ކެއުމުން ވަކި ގެއްލުން ލިބޭނެ ވަގުތެއް ނެތެވެ. އެކަމަކު އާންމުކޮށް ރޭގަނޑު ދޮންކެޔޮ ކާނަމަ ތަފާތު މައްސަލައެއް ކުރިމަތިވެދާނެ އެވެ.

އިންޑިއާގެ ސިއްހީ ތަޖުރިބާކާރެއްކަމަށްވާ އަޝޫތޯޝް ގޯތަމް ބުނެފައިވާގޮތުގައި ރޭގަނޑު އާންމުކޮށް ދޮންކެޔޮ ކާނަމަ ހުން އައިސް ރޯގާ ޖެހުމަށް މަގުފަހި ވާނެ އެވެ. އޭނާ ބުނީ ދޮންކެޔޮލަކީ ވަރަށް ހަކަތަ ލިބޭ މޭވާއެއްކަމުން ދޮންކެޔޮ ކެއުމުން ވަރުބަލިކަން އިހުސާސްވާނެ ކަމަށެވެ. އަދި ދޮންކޭލަކީ ވަރަށް ލަހުން ހަޖަމްވާ ކާއެއްޗެއް ކަމަށް ބުނެފައިވެ އެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ހުން އައިސް ރޯގާ ޖެހުމުގެ އިތުރުން އެސްމާ އުންނަ މީހުންނާއި ކެއްސާ މީހުންވެސް ދޮންކެޔޮ ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ. ހާއްސަކޮށް ރޭގަނޑު އެވެ. އެއީ ހަޖަމްވުން ލަސްވުމުން އޭގެ އުނދަގޫ އެމީހާއަށް ކުރާނެތީ އެވެ. ދޮންކެޔޮ ރޭގަނޑު ކާނަމަ ކާންވީ ނިދުމުގެ ދޭއް ނުވަތަ ތިން ގަޑިއިރު ކުރިންނެވެ.

ރޭގަނޑަކީ އިންސާނާގެ ހަށިގަނޑު އަރާމު ކުރުމަށް ބޭނުންވާ ވަގުތު ކަމަށްވާއިރު ހަށިގަނޑަށް މާގަދަޔަށް ހަކަތަ ލިބޭ އެއްވެސް އެއްޗެއް ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް