ޝާހިދާއި މީރާއަށް ދެވަނަ ކުއްޖަކު ލިބެނީ!

ބޮލީވުޑްގެ ބަތަލް ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުޓް ދެ ވަނަ ދަރިއަކަށް ބަލިވެ އިންކަން ކަށަވަރުކޮށްދީފި އެވެ. މީރާ ބަނޑުބޮޑު ކަމަށް ބުނެ އިންޑިއާގެ މީޑިއާގައި ވާހަކަ ކެދެވޭތާ ދެތިން ހަފްތާ ވެއް...

21 Apr 2018 | 03:00

ބޮލީވުޑްގެ ބަތަލް ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުޓް ދެ ވަނަ ދަރިއަކަށް ބަލިވެ އިންކަން ކަށަވަރުކޮށްދީފި އެވެ.

މީރާ ބަނޑުބޮޑު ކަމަށް ބުނެ އިންޑިއާގެ މީޑިއާގައި ވާހަކަ ކެދެވޭތާ ދެތިން ހަފްތާ ވެއްޖެ އެވެ. އެކަމަކު މިކަމަށް ރައްދުދީ އެ ދެމީހުންވެސް މިހާތަނަށް އެއްޗެއް ނުބުނެ އެވެ.

އެކަމަކު އިއްޔެ ކުއްލިއަކަށް ޝާހިދު އިންސްޓަގްރާމްގައި ވަނީ އަމިއްލައަށް އެކަން ކަށަވަރުކޮށްދީފަ އެވެ. އެގޮތުން ކުރަހާފައިވާ ފުއްޕާހަންތަކެއްގެ ކައިރީގައި އެ ދެމީހުންގެ ފުރަތަމަ ދަރިފުޅު މިޝާ ބާއްވާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކުރުމަށް ފަހު ލިޔެފައިވަނީ "ބިގް ސިސްޓާ" އެވެ. އެއީ މިޝާ ދައްތައަކަށް ވާން އުޅޭ ވާހަކަ އެވެ.

ހަމަ އެ ފޮޓޯ މީރާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުންވެސް ޝެއާ ކޮށްފައިވެ އެވެ.

https://www.instagram.com/p/BhzBaBjFqRo/?taken-by=shahidkapoor

ޝާހިދު އެ ޕޯސްޓަށް އެންމެ ފުރަތަމަ ލައިކް ދިން މީހުންގެ ތެރޭގައި އޭނާގެ ކޮއްކޮ އިޝާން ކައްޓަރު ހިމެނެ އެވެ. އިޝާން ބޮލީވުޑަށް ތައާރަފުވީ މިމަހު އެވެ.

މީރާ ބަލިވެ އިންކަން ކަށަވަރުކޮށްދިން ނަމަވެސް މީރާ ވިހާނެ ދުވަހެއް ނުވަތަ ބަނޑަށް ކިތައް މަސް ކަމެއް ހާމައެއް ނުކުރެ އެވެ. މީރާ ދެވަނަ ދަރިއަކަށް ބަލިވެ އިން އިރު އެ ދެމީހުންގެ ފުރަތަމަ ދަރިފުޅު މީރާއަށް ދެ އަހަރުވާނީ މި އަހަރުގެ އޮގަސްޓު 26 ގައި އެވެ.

ޝާހިދު، 37، އާއި މީރާ، 22، ކައިވެނި ކުރީ 2015 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް