ދެކުނުގެ ހަތަރު އަތޮޅަށް ޔެލޯ އެލާޓް

ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ ގއ، ގދ، ޏ އަދި ސ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މިރޭ 02:15 ގައި މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީ މިރޭ 02:30 އާއި މާދަމާ ހެނދުނު 06:00 އާއި ދެމެދުގ...

20 Apr 2018 | 22:03

ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ ގއ، ގދ، ޏ އަދި ސ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.

މިރޭ 02:15 ގައި މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީ މިރޭ 02:30 އާއި މާދަމާ ހެނދުނު 06:00 އާއި ދެމެދުގެ ވަގުތުތަކުގައި ގއ އަތޮޅާއި ސ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ.

އަދި ހަމަ މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް