ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޗައިނާ މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ޗައިނާ އެމްބަސީން ފަށައިފި އެވެ.
ޗައިނާ ސަފީރު ޒާންގް ލިޒޯންގް ކުރެއްވި ޓްވީޓެއްގައި ވަނީ ރިސޯޓުތަކާއި ގެސްޓުހައުސްތަކުގައި މަސައްކަތް ކުރާ ޗައިނާ ރައްޔިތުންނާ ހަމައަށް ވާސިލްވުމަށް އެމްބަސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އެމްބަސީން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ޗައިނާ މުވައްޒަފުންނާ ހަމައަށް ފޯރުކޮށްދިނުމަށް ވެސް ދިވެހިންގެ ކިބައިން ސަފީރު އެދިވަޑައިގެންފައި ވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ޗައިނާ މީހުންގެ މައުލޫމާތު ހޯދަމުން ދަނީ ކޯވިޑް-19 އާ ގުޅޭ ސާވޭއެއް ކުރުމަށެވެ.
ޗައިނާ އެމްބަސީން ބުނީ އެ ސާވޭގެ ބޭނުމަކީ ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާ މީހުންގެ ހާލަތު ދެނެގަނެ، އެކަށީގެންވާ މައުލޫމާތު އެމީހުންނަށް ފަސޭހަކޮށް ފޯރުކޮށްދިނުމަށް ކަމަށެވެ.
https://twitter.com/AmbassadorZhang/status/1241385176480903170
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް