ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވިގެން އަދާރަން ކުލަބް ރަންނާޅި ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.
ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން އޭނާ ވައިރަހަށް ޓެސްޓު ކުރަން ނިންމީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުންނެވެ. އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށެވެ.
މިވަގުތު މޮނިޓަރޮންގައި އޮތް ރަށްތަކުގެ ތެރޭގައި އއ. ބޮޑުފުޅަދޫ އަދި ސަފާރީއެއް ހިމެނެ އެވެ.
ކޯވިޑް-19 އަށް ޕޮސިޓިވްވެގެން 13 މީހަކަށް ފަރުވާ ދިން އިރު މީގެ ތެރެއިންދެ މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އެޗްޕީއޭއިން ބުނީ ދެން ބައްޔަށް ފަރުވާ ކުރަމުންދާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް