ކެމްޕެއިން ކުރުމަށް ހަރުކުރާ ބެނާ ކަނޑާ، ޕޯސްޓަރުތައް ވީދައި ހެދުމަކީ ދަށު ދަރަޖައިގެ ފިނޑި ޢަމަލެއް ކަމުގައު ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހުސައިން ޘަޤީފް ވިދާޅުވެއްޖެއެވެ.
ޘަޤީފް މިފަދައިން ވިދާޅުވެފައި މިވަނީ ކެމްޕެއިން ކުރުމަށް ނެއްލައިދޫގައި ހަރުކޮށްފައިވާ ޘަޤީފްގެ ބެނާތަކާއި ޕޯސްޓަރ ތަކަށް ރޭގެ ވަގުތެއްގައި ގެއްލުން ދީފައިވުމުގެ ސަބަބުންނެވެ.
މިކަމާއި ގުޅިގެން ޘަޤީފް ވިދާޅުވީ ތާއީދު ހޯދުމަށް ކެމްޕެއިންކޮށް ސުލްހަވެރި ކަމާއެކު ސިޔާސީ ހާރަކާތް ހިންގުމުގެ މިނިވަންކަން ކޮންމެ ފަރާތަކަށްވެސް އޮންނަންޖެހޭ ކަމަށެވެ.
ދާއިރާގެ ރަށްތަކަށް ހިންގާ ދޮރުން ދޮރަށް ހަރަކާތުގައި ޘަޤީފް މިހާރު ހުންނެވީ ހދ ކުރިނބީގައެވެ.
ޘަޤީފްގެ އިތުރުން ވައިކަރަދޫ ދާއިރާއަށް ވާދަކުރަނީ އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް