ތައިލެންޑް ވިސާ ފަސޭހައިން ލިބޭނެގޮތް ހޯދަން މަޝްވަރާކޮށްފި

ދިވެހިން ތައިލެންޑަށް ދިއުމުން، ފަސޭހަކަމާއި އެކީ ވިސާ ލިބޭނެ ގޮތް ހޯދަން ފޮރިން މިނިސްޓަރު ޝާހިދު، ތައިލެންޑްގެ ވަފްދާއި މަޝަވަރާކޮށްފިއެވެ. މިނިސްޓަރު މަޝްވަރާ ކުރީ، ތައިލެންޑަށް ދިއުމުން އޮން އެރައ...

21 Mar 2019 | 07:00

ދިވެހިން ތައިލެންޑަށް ދިއުމުން، ފަސޭހަކަމާއި އެކީ ވިސާ ލިބޭނެ ގޮތް ހޯދަން ފޮރިން މިނިސްޓަރު ޝާހިދު، ތައިލެންޑްގެ ވަފްދާއި މަޝަވަރާކޮށްފިއެވެ. މިނިސްޓަރު މަޝްވަރާ ކުރީ، ތައިލެންޑަށް ދިއުމުން އޮން އެރައިވަލް ވިސާ ފަސޭހަ ކަމާއި އެކީ ލިބޭނެގޮތް ހަމަޖައްސައި ދިނުމަށެވެ.

ދެގައުމު ދެމެދު ވިސާ ވެއިވާ ހަމަޖެހުމުން ރާއްޖެއިން ތައިލެންޑަށް ވިޔަފާރީގެ އިތުރުން، ބޭސް ފަރުވާ އަދި ޗުއްޓީއަށް ދާ ދިވެހިންނަށް ދުރާލާ ވިސާ ނަގާކަށް ނުޖެހޭނެއެވެ. އަދި ކޮންމެ ދަތުރަކު 30 ދުވަސް އަދި 6 މަސް ތެރޭ 90 ދުވަހަށް ވުރެ ގިނަ ނޫން ދުވަހަށް ނަމަ ތައިލެންޑް އިން އޮން އެރައިވަލް ވިސާ ލިބޭނެއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ، އާޖެންޓީނާގެ ބޮއެނަސްއައިރިސްގައި ކުރިއަށްދާ އދ. ގެ ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ހައި-ލެވެލް ބައްދަލުވުމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް