އީ ކޮމާސް އަދި ކޯޗިންގެ އަމިއްލަ ވިޔަފާރި ފުޅާވެ، ޒުވާން އުމުރުގައި މިލިއަނަރަކަށް ވެފައިވާ އުމުރުން 26 އަހަރުގެ މެތިއު ލެޕާ، އޭނާ އާއި އެކީ ދުނިޔެ ވަށާ ދަތުރުކުރުމަށް ޕާސަނަލް އެސިސްޓެންޓެއް ހޯދަން އިއުލާނުކޮށްފިއެވެ.
"ޖޮބް އޮފް އަ ލައިފްޓައިމް" ގެ ނަމުގައި އޭނާ އިއުލާންކުރި މި ވަޒީފާގެ މުސާރައަކީ 52000 ޔޫއެސްޑީ ކަމުގައި އޭނާ ބުންޏެވެ. އަދި އޭނާ އާއި އެކީ ކުރާ ދަތުރުތަކުގެ ކެއުމާ، ހުރުމާއި އަދި ޓިކެޓް ވެސް ދޭނީ އޭނާ ކަމުގައި މެތިއު ބުންޏެވެ. މި ދަތުރުތަށް ވެގެންދާނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭނާގެ ވިޔަފާރި ފުޅާ ކުރުމަށް ކުރެވޭ ދަތުރުތަކަކަށެވެ.
މެތިއު ބުނިގޮތުގައި އޭނާ ބޭނުންވަނީ، ކަންތައްތައް މެނޭޖް ކުރަން އިނގޭ، މަސައްކަތަށް ފަރުވާތެރި، މީސް މީޑިއާ ޗެނަލް ތަކުގެ ކަންކަން ރަގަޅަށް އިނގޭ، ރިސްކް ނަގަން ފަސްނުޖެހޭ އަދި ކޮމްޕިޓަރުން ކުރާ މަސައްކަތްތަކަށް ކުޅަދާނަ ކުއްޖެއްކަމުގައެވެ. އަދި އޭނާގެ ޕީއޭ އަކަށް ނަގާނީ ދަތުރުކުރުމުގައި ފަސްނުޖެހޭ، ކަންކަމާ ކުރިމަތިލާން ކެރޭ ކުއްޖެއް ކަމަށްވެސް މެތިއު ބުންޏެވެ. އަދި އެމީހެއްގެ އަތުގައި 1 އަހަރަށްވުރެ ގިނަ ދުވަހުން ދުވަސް ހަމަވާ ޕާސްޕޯޓެއްވެސް އޮންނަން ޖެހޭނެކަމަށް މެތިއު ޝަރުތުކުރިއެވެ.
އެންމެ ފުރަތަމަ ދިއުމަށް ޕްލޭން ކޮށްފައިވާ ގައުމުތަކަކީ ސްޕެއިން، ގްރީސް، ކޮރޯޝިއާ އަދި މިއާމީ ކަމުގައި ސިޑްނީއަށް އުފަން މެތިއު ބުންޏެވެ.
މެތިއު އަކީ އީކޮމާސް ވިޔަފާރީގެ މާސްޓާމައިންޑެކެވެ. އޭނާ ވަނީ އުމުރުން 23 އަހަރުގައި އީކޮމާސް ވިޔަފާރިއެއް ފަށައި އަމިއްލަ މަސައްކަތުން އެ ވިޔަފާރި ފުޅާ ކޮށްފައެވެ. މެތިއުގެ މި ދަތުރުގައި އޭނާ ބޮޑަށް ބޭނުންވަނީ އަންހެން ކުއްޖެއް ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް