ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ މިނިވަން ކެނޑިޑޭޓުންނާ ބައްދަލުކުރަން ހިޔުމަން ރައިޓް ކޮމިޝަން އޮފް މޯލްޑިވަސް (އެޗްއާރްސީއެމް) އިން ނިންމައިފިއެވެ.
މިނިވަން ކެނޑިޑޭޓުންނާ ބައްދަލުކުރަން އެ ކޮމިޝަނުން ނިންމީ، ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދައިން، ވޯޓު ދިނުމުގެ ހައްގު ރައްޔިތުންނަށް ފުރިހަމައަށް ލިބފައިވޭތޯ ބެލުމަށާއި، ވޯޓު ދޭ ފަރާތަށް އެއްވެސް ނުފޫޒެއް ނެތި ވޯޓު ދެވިދާނެތޯ ބެލުމަށެވެ. އަދި މަޖިލިސް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމުގެ ގޮތުން ކެންޑިޑޭޓުންނާ މަޝްވަރާކުރުމަށް ކަމަށް އެ ކޮމިޝަނުން އިއްޔެ ނުރުން އިއުލާނެއްގައި ވެއެވެ.
މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ، މިނިވަން ކެނޑިޑޭޓުންގެ ތެރެއިން އެ ކޮމިޝަނާއި ބައްދަލު ކުރަން ބޭނުންވާ ފަރާތްތަކުން، އެ ކޮމިޝަނުގެ ނަމްބަރަށް ގުޅައިގެން ނަން ނޯޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
އަންނަ އެޕްރިލް މަހުގެ 6 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި، މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި 167 ކެނޑިޑޭޓުން ވާދަކުރާކަމަށް އީސީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް